ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ފެންމީޓަރު ބަހައްޓާނެ ތަން ތައްޔާރުކޮށްދެއްވުމާބެހޭ

ގޭގޭގެ ފެންމީޓަރު ބަހައްޓާނެ ތަން ތައްޔާރުކޮށްދެއްވުމާބެހޭ .

 ނަރުދަމާއާއި ފެނުގެ ޚިދުމަތް ދޭ ކުންފުނީފެ ފަރާތުން ގޭގެއަށް ފެންހޮޅި ވައްދައި ފެންމީޓަރު ހަރުކުރުމަށްޓަކައި ގޭގެ އިންފަރުގެ އެތެރޭގައި ބިމުންފެށިގެން އުސްމިނުގައި 3 ފޫޓް އަދި ފުޅާމިނުގައި 1 ފޫޓް ހުންނަވަރުގެ ޖާގައެއްގައި ސިމެންތިޖަހައި ނިންމުމަށް މީގެ ކުރިންވެސް މިކައުންސިލުން ވާނީ ގޭގޭގެ ވެރިފަރާތަށް އަންގާފައެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިކަން ކޮށްފައިނުވާތީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ ފަރާތަށް ދަތިތަކާ ކުރިމަތިވަމުން ދާކަމަށް އެފަރާތުން މި އިދާރާއަށް އަންގަވައިފިއެވެ.

            ވީމާ، ގޭގެއަށް ފެންހޮޅި ވައްދައި ފެންމީޓަރު ހަރުކުރުމަށް ހަދަންޖެހޭ ޖާގައިގައި ސިމެންތިޖަހައި 06 ޖުލައި 2022 ގެކުރިން ނިންމެވުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. މީޓަރު ބަހައްޓާތަން މިދެންނެވި ތާރީޚަށް ނުނިންމާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަކަށް މިކައުންސިލުން ޒިންމާ ނުވާނެވާހަކަވެސް ހިތާމައާއެކު ދެންނެވީމެވެ.

28 ޖޫން 2022
ހޯދާ