ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
2022-2023ވަނަ އަހަރުގެ ފައުންޑޭޝަން ސްޓޭޖްގެ އެލް ކޭ ޖީ އަށް ކުދިން ވެއްދުން.

          ނަންބަރު:     GS139/2022/05

އިޢުލާން

 

2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭ.

2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާ އެއްގޮތަށެވެ.

 

  1. އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2022 ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުންނެވެ.
  2. ވީމާ، އެލްކޭޖީއަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 07 ޖުލައި 2022ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 28 ޖޫން 2022ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 12:00އަށް ސްކޫލް އޮފީހުގައެވެ.

 

ނޯޓް: 2022 - 2023ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ދެވޭނީ 1 އޯގަސްޓް 2017އިން ފެށިގެން 31 ޖުލައި 2018އާ ދެމެދު އުފަންވެފައިވާ ދަރިވަރުންނަށެވެ.

28 ޖޫން 2022
ހޯދާ