މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރުފަރާތު ބަނދަރު ހެދުމުގެ މަސައްކަތާއި ގުޅޭ

އިޢުލާން

އުތުރުފަރާތު ބަނދަރު ހެދުމުގެ މަސައްކަތާއި ގުޅޭ 

އުތުރުފަރާތު ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ދިއުމާއެކު ބަނދަރުގައި ޖެހުމަށް ބޭނުންވާ ހިލަ ރަށަށް ގެނެސް ބޭލުމަށް ވަނީ ހަމަޖެހިފައެވެ. މިހިލަތައް ބޭލުމަށްފަހު ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަމާޒު ގޯތީގެ އުތުރުން ފެށިގެން ހުޅަނގުގައި ހުރި ކުރިން ބަނދަރު ހެދިއިރު ހިއްކާފައިވާ ބިންތަކުގައެވެ. ނަމަވެސް މިބިންތަކުގައި ހުއްދަނެތި އެކި ފަރާތްތަކުން އިންދާފައިވާ ރުއްގަސް ހުރިކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

          ވީމާ،  ހިލަބޭލުމުގެ މަސައްކަތް ކުރުމުގެ ކުރިން އުތުރުފަރާތު ބަނދަރުގައި މަތީގައި ދެންނެވިފައިވާ ބިންތަކުގައި އިންދާފައިވާ ރުއްގަސް ނަގާ ބިން ސާފުކުރުމަށް ދަންނަވަމެވެ. އަދި ޤަވާއިދާ ޙިލާފަށް ކައުންސިލްގެ ހުއްދަނެތި އިންދާ ހައްދާފައިވާ ރުއްގަސް ނުނަގައި ހުރުމުގެ ސަބަބުން އެތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.

23 ޛުލްޤައިދާ 1443

23 ޖޫން 2022
ހޯދާ