އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޭޝިއަރ

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2022/49  

މަޤާމު:

ކޭޝިއަރ

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1200.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  1. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.
  3. އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
  • ދަރިވަރުންނަށް ފޮޓޯ ކޮޕީ ނެގުން، ސްކޭންކުރުމާއި އަދި ޕްރިންޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން.
  • މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  • ފައިސާ ބަލައިގަތުމާއި ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކުރުން.
  • ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް ސޮފްޓްވެއާއަށް އެންޓަރ ކުރުން.
  • ފައިސާއާބެހޭ ރަސީދުފޮތްތަކާއި، ލިޔުންތައް ރައްކާކުރުމާއެކު ފައިލްކޮށް ބެލެހެއްޓުން.
  • ފައިސާގެ މުޢާމަލާތްތަކާބެހޭ ރިޕޯރޓްތައް ގަވާއިދުން ހެދުން.
  • ފައިސާ އާއިބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރެވޭ ފަރާތްތައް.
  • ކަސްޓަމަރ ސަރވިސް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް.
  • މައިކްރޯސޮފްޓް ވަރޑް އަދި އެކްސެލް. ޕްރިންޓަރ އަދި ފޮޓޯ ކޮޕީ މެޝިން ބޭނުންކުރާ އެނގޭ ފަރާތްތަކަށް.
  • މައިކްރޯސޮފްޓް އޮފިސް ޕެކޭޖް އަދި ޕީއޯއެސް ބޭނުންކުރަން އެނގޭ ފަރާތްތަކަށް.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 

 

 

 

 

 

 

 

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  3. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)
  4. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައިމިވާ ލިންކް ބޭނުންކޮށްގެންނެވެ.

https://forms.gle/3QpDq6sfVPXQ5hg47

  1. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު 13:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

23 ޖޫން 2022
ހޯދާ