އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވެއިޓަރ

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2022/47

 މަޤާމު:

ވެއިޓަރ

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1170.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • ރިވެތިބަހުން މުޢާމަލާތްކުރުމާއި ކަސްޓަމަރުންނާއި ޑީލްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

ނޯޓު: މިމަޤާމަށް ބޭނުންވަނީ ކޮރަޕްޝަން މައްސަލައަކާއި ގުޅުމެއްނެތް އަޚްލާޤް ރަނގަޅު ކެނޑިޑޭޓެކެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ގެންގޮސް ދިނުން.
  • ބުފޭ އަށް ކެންޓީން ތައްޔާރު ކުރުން.
  • ހުސް މޭޒުތައް ސާފުކޮށް ތައްޔާރުކުރުން.
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ކެފޭ ތެރޭގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ސުޕަރވައިޒަރ އާއި ކައްކާގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  • ކެއްކުމާއި ތެލިތަށި ދޮވުން ފަދަ ކަންތައްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން

ވަގުތު:

ހެނދުނު 7:00 އާއި ހަވީރު ރޭގަނޑު 10:00 އާއި ދެމެދު 8 ގަޑިއިރު (ޝިފްޓް އުސޫލުން)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރެވޭ ފަރާތްތައް.
  • ކަސްޓަމަރ ސަރވިސް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
  • ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައިމިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • https://forms.gle/ZGtuJ4hfbLtsbGG89
  •  އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

22 ޖޫން 2022
ހޯދާ