މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ބުރި ޢިމާރާތުގެ ކޮންކްރިޓް ކުރަންޖެހޭ ބައިތައް ކޮންކްރިޓް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް

ކ.ހުރާ ޕްރީސްކޫލް 2 ބުރި ޢިމާރާތުގެ ކޮންކްރިޓް ކުރަންޖެހޭ ބައިތައް ކޮންކްރިޓް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު

މި ރަށުގައި އަލަށް ޢިމާރާތް ކުރެވޭ ޕްރީސްކޫލްގެ 2 ބުރި ޢިމާރާތުގެ ކޮންކްރީޓް ކުރަންޖެހޭ ހުރިހާ ބައިތަކެއް އަމިއްލަ ތަކެތީގައި ކޮންކްރީޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 30 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އެދުވަހުގެ އެގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުނުކުރައްވައި އެއްވެސް ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

28 ސެޕްޓެންބަރު 2014 ވަނަ ދުވަހުން ފެށިގެން 15 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ބިޑް ޑޮކިއުމަންޓް ފޯމު -/250 ރުފިޔާގެ ރޭޓުން މި އިދާރާއިން ގަންނަން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

މި އިދާރާއިން ދޫކުރާ ބިޑް ޑޮކިއުމަންޓް ފޯމު ފުރިހަމަ ކުރައްވައި 16 އޮކްޓޫބަރު 2014 ދުވަހުގެ 12:30 ގައި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ކަނޑާނީ ބިޑް ހުށަހަޅުއްވާތާ 30 މިނިޓްއިރުގެ ތެރޭގައި ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގައެވެ. ބިޑް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކ. ހުރާ ޕްރީސްކޫލުގެ 2 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ އަންދާސީހިސާބު މިގޮތަށް ލިޔުއްވާފައި އޮންނަންވާނެއެވެ.

ބިޑާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

* ބިޑް ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް.

* މަސައްކަތް ކުރުމުގައި ބޭނުން ކުރާނެކަމަށް ހުށަހަޅުއްވައި މެޝިނަރީއާއި، ޓޫލްސް، އަދި މެޓީރިއަލްސްގެ ތަފުސީލު.

* މަސައްކަތުގައި އުޅޭނެ އިންޖިނޭރުން، ބާބެންޑަރުން، މޭޝަނުން، ކާޕެންޓަރުން، ވެލްޑަރުން، އަދި ސްޕަވައިޒަރުންނާއި، މަސައްކަތު މީހުންގެ އަދަދާއި ފެންވަރު ބަޔާންކޮށްދޭ ލިޔުންތައް.

* މީގެ ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ އަދަދާއި ނަންތައް އަދި އެތަންތަނުން ދީފައިވާ ކޮމެންޓްތައް.

* މަސައްކަތް ކުރުމުގައި ގެންގުޅޭނެ އުސޫލުތައްކަމުގައި ބަޔާންކުރާ ކަންތައްތައް.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލެއްވުމުން މަސައްކަތުގެ ޓެކްނިކަލް ސްޕެސިފިކޭޝަނާއި، ކުރެހުންތަކާއި، އެގްރީމެންޓް ފޯމާއި، ކޮންޓްރެކްޓްގެ އުސޫލުތަކާއި ބޭނުންވާ އިތުރު މަޢުލޫމާތުތައް ސާފުކޮށް ދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޛުލްޤަޢިދާ 1435

24 ސެޕްޓެންބަރު 2014
ހޯދާ