މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެލާނާގޭ އޮފީސް ޢިމާރާތުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތާބެހޭ

މިމިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން އަންނަ ވެލާނާގޭ އޮފީސް ޢިމާރާތުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް، އެގްރީމެންޓްކޮށްގެން 2 އަހަރަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4354-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

29 ޛުލްޤަޢިދާ 1435

24 ސެޕްޓެންބަރު 2014
ހޯދާ