ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިއޮފީހުގައި އިމާރާތްކޮއްފައިވާ ގެސްޓްހައުސްގެ އިންފާރުގެ ގޭޓް ހެދުމާއި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 މި ކުންފުނީގެ ނަންބަރ : IL-KPL/2022/005 އިޢުލާން، އަމިއްލަ ތަކެތީގައި މި އޮފީހުގައި އިމާރާތްކޮއްފައިވާ ގެސްޓްހައުސްގެ އިންފާރުގެ ގޭޓް އަދި ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮއްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                މިކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި އޮފީހުގައި އިމާރާތްކޮއްފައިވާ ގެސްޓްހައުސްގެ އިންފާރުގެ ގޭޓް އަދި ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 03 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

  • އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި

- އަމިއްލަ ތަކެތީގައި މި އޮފީހުގައި އިމާރާތްކޮއްފައިވާ ގެސްޓްހައުސް އިންފާރުގެ ގޭޓް އަދި ވޯކްވޭ ހެދުމުގެ މަސައްކަތް ކޮއްދިނުމަށް އެދި.

- އިޢުލާން ނަންބަރ : IL-KPL/2022/007

  • ބިޑް ހުޅުވުން

- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 03 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

19 ޖޫން 2022
ހޯދާ