މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 މިކޯޓްގެ ނަންބަރު:  H6C-A/2022/02(13 އޭޕްރިލް 2022) އިޢުލާނުން އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު

ހުޅުވާލުމުން އެ މަޤާމަށް ޤާބިލު ފަރާތެއް ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް  ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރ: H6C-A/2022/03  

ތާރީޚް:  15 ޖޫން 2022

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3 

އަދަދު

01

ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/893  (މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/1,500

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

1-     ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް"  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2-     މަޤާމުގެ މަސައްކަތާއި ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު

1-     ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-     ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ރެކޯޑް، (މުވައްޒަފުންގެ ޗުއްޓީ އާއި، ސަލާމުގެ ރެކޯޑްތަކާއިއެކު) " ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު" އާއި، އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކޯޓަށް އަންނަ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތައް ޙަވާލުކުރުން.
  • ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، އެވަގުތަކު ކޯޓުގެ އިދާރީ ކަންކަން ހިންގުމާއި ޙަވާލުވެ ހުންނެވި އެންމެ އިސް މުވައްޒަފެއްގެ ލަފާގެމަތިން ފުރިހަމަކުރުން.
  • އިދާރީ ކަންތައްތަކާއި ގުޅިގެން އެކި ފަރާތްތަކުން އަންނަ ސިޓީ، މެސެޖްފަދަ ލިޔުންތައް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ލިޔެ، އެ ފަރާތްތަކަށް ފޮނުވުމާއި، އަދި އަނގަބަހުން ޖަވާބުދާރީވާން ޖެހިއްޖެކަމެއްގައި އެގޮތުގެ މަތިން ޖަވާބުދާރީވުން.
  • މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތައް ފޮނުވުން.
  • ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކޯޓުގެ އިންވެންޓްރީ އާއި ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކޯޓަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތާ ބެހޭ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހޯދުން.
  • ކޯޓުން އެކި ފަރާތްތަކަށް ޙަވާކުރަންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޙަވާކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  • އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަން ޖެހޭ ފަރާތައް ފޮނުވުން.
  • ފައިސާއާއި ބެހޭ ރިޕޯޓުތައް ތައްޔާތުކޮށް ކަނޑައެޅުފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯޓުގެ އެކައުންޓް ބެލެހެއްޓުން. (މަދުވެގެން އެއްފަހަރު ބޭންކް ސްޓޭޓްމަންޓް ނަގައި ބޭންކް ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.)
  • ކޯޓުގެ ތިޖޫރީ ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން.
  • ކޯޓުން ނީލަންކިޔަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ނީލަން ކިޔުމުގެ ކަންތައް ކުރުން.
  • އިދާރީ ލިޔުންތައް މައްސަލަ ނިމުމުން ޤަވާއިދުން ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ރަޖިސްޓްރީއާއ، މަޤާމުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެހެލެއްޓުން.
  • ކޯޓުން މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތު ކުރުމުގެ ކަންތައްތައް ޤަވައިދާ އެއްގޮތަށް މަރާމާތުކުރުމުގެ ކަންތައް ކުރުން.
  • މައްސަލަތަކާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވާ ސިޓީތަކާއި، ލިޔުންތަކުގެ ޖަވަބުހޯދުމާއެކު އެކަންކަމުގެ މަޢުލޫމާތުތައް، އެވަގުތަކު ކޯޓު ހިންގުމާޙަވާލުވެހުންނެވި ވެރިޔަކު ދެމުން ގެންދިޔުން.
  • މީގެ އިތުރުންވެސް ޤާނޫނާ ޤަވައިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.   

ތަޢުލީމީ ރޮނގު

މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އައިޓީ /  އެކައުންޓިންގ އެންޑް ފައިނޭންސް / ޝަރީޢަތާއި ޤާނޫނު

ގުޅޭ ވަޒީފާގެ ދާއިރާތައް

  1.  ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން
  2.  ހިއުމަން ރިސޯސް
  3.  މެނޭޖްމަންޓް
  4.  ޝަރީޢާ / ޤާނޫނު
  5.  އިންފޮމޭޝަން ޓެކްނޮލޮޖީ

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި

  1. ފުރިހަމަ ކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔމާއެކު ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، ލިބިފައިވާ ތަޖުރިބާ ދަލީލުކޮއްދޭ ލިޔުންތަކުގެ ކޮޕީ. ( މަޤާމުގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް.)
  9. ޝަހާދާ ޘާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނަކުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޝަން އެކްރެޑިޓްކޮށް ހުށަހެޅުން.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތައުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6640265 / 6640267
  • ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް ކަޑައެޅިފައިވަނީ:

ކޮންޕިޓެންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

އިންޓަވިއު

50%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

ސުންގަޑި:

28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ދިވެހިބަހުން ކޮންޕިއުޓަރުން ލިޔަން ފަރިތަ ފަރާތަކަށްވުން.
  • ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ގިނަވަގުތު އޮފީހުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މައިކްރޯސޮޕްޓް ވޯޑް، އެކްސެލް އެކަށީގެންވާ ފެންވަރެއްގައި ބޭނުންކުރަން އެނގުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
15 ޖޫން 2022
ހޯދާ