ފީވަކު ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމާގުޅޭ

ފީވަކުސްކޫލް                                          

ފީވައް،                                           

ދިވެހިރާއްޖެ                                               ނަންބަރު:GS-108/IUL/2022/08  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެކްޓްވިޓީ ޔުނީފޯމާގުޅޭ

މިސްކޫލުން ދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޔުނީފޯމާއި ގުޅުންހުރި މަޢުމާތު ބީލަންފޮތުގައިވާނެވެ.

ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު

ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

15 ޖޫން 2022 ން 21 ޖޫން 2022 އަށް

ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އަށް

 

-          އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.

-          އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖޫން 22 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.            

-          އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.

އީމެއިލް: [email protected]

ފޯން:   6540543

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  15 ޛުލްޤަޢިދާ 1443ހ.

                  15 ޖޫން    2022މ.

15 ޖޫން 2022
ހޯދާ