މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާނު

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

 

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ގައި ހިމެނޭ ބައެއް ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން  ބައެއް ބްރޯޑްކާސްޓަރުންނަށް މި އެވޯޑްތަކަށް ކުރިމަތިލުމަށް ހުރަސްތަކެއް ހުރި ކަމަށް ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކެއް ކުރިމަތިވެފައިވާތީއާއި މިއީ ދިވެހިރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ފުރަތަމަ އެވޯޑަށް ވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، އެވޯޑަށް ކުރިމަތިލުމުގެ ބައެއް ޝަރުތުތަކަށް މިއަހަރު ޢަމަލު ނުކުރުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

 މިގޮތުން، ޢަމަލުނުކުރުމަށް ނިންމާފައިވަނީ، "މޯލްޑިވްސް ބްރޯޑްކާސްޓިންގ އެވޯޑު ދިނުމުގެ އުޞޫލު" ގެ 7 ވަނަ މާއްދާގެ އަންނަނިވި ނުކުތާތަކަށެވެ.

 

އެވޯޑަކަށް ހުށަހަޅާފައިވާ ބްރޯޑްކާސްޓަރަކަށް (ކުންފުނި/ޗެނަލް) އެވޯޑް ނުދެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.

(ހ)

7.

އެވޯޑް ނުދެވޭނެ ޙާލަތްތައް

އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވުން؛

1.

 

އަހަރީ ފީ އަދި ޖޫރިމަނާ ދައްކާފައިނުވުން؛

2.

 

 

މަތީގައި ބަޔާންކޮށްފައިވާ ދެ ނުކުތާއަށް މިއަހަރު ޢަމަލު ނުކުރުމަށް ކޮމިޝަނުން ނިންމައި، މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަނީ  އިތުރުކުރެވިފައެވެ.

 

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު" ގައި، ބަޔާންކޮށްފައިވާނެއެވެ. މި އުސޫލު ކޮމިޝަނުގެ ވެބްސައިޓް  broadcom.org.mv  ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

12 ޖޫން 2022

 

12 ޖޫން 2022
ހޯދާ