އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކްގައި ގޭޓްލާނެ ފަރާތެއް ހޯދުމަށް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކުޑަ ކުދިންގެ ޕާކުގައި ގޭޓް ލާނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:             

މިރަށު ކުޑަކުދިންގެ ޕާކްގެ ގޭޓް ލާނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ދަޢުވަތު

ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޖޫން 12 ވާ އާދީއްތަ ދުވަހުން ފެށިގެން

2022 ޖޫން 21 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި   [email protected]އަށް އީމެއިލް

ކުރެއްވުން ނުވަތަ ނަންބަރު 6680542 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ހާޒިރުވެ ބޭނުންވާ

މަޢުލޫމާތެއް ސާފުކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް

ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި

ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް

ލިޔެފައި ފޮނުވަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ

އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް

ބަލައި ނުގަނެވޭނެކަން އަންގަމެވެ.

 

 

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ

ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

  1. ކުޑަކުދިންގެ ޕާކްގެ އުތުރުފަރާތުގައި މި މައުލޫމާތު ސީޓާއެކު އެއްހީރަސްކޮށްފައިވާ ކުރެހުމުގައިވާގޮތަށް ގޭޓެއް ތައްޔާރުކޮށް ގޭޓް ލުން އަދި ބަތާނަޔާ ދަވާދުލުން.
  2. ގޭޓުހެދުމަށް ކޮޅައް ޖަހާނީ  1 * 3 އިންޗި ގެ ހޮލޯއެވެ.
  3. ހުރަސްތަކަށް ބޭނުން ކުރާނީ 1.5 * 1 އިންޗި ހޮލޯއެވެ.
  4. ހިޔާކުރުމައް ބޭނުން ކުރުރާނީ އޮމާން ލައިސާ ނުވަތަ ޒިންކަލޫމް ޓިނެވެ.
  5. ގޭޓުގެ ދެފަރާތުފާރު ރޭނުމަށް ބޭނުން ކުރާނީ 4 އިންޗި ގާ، އަދި ދެފަރާތުގައި ސިމެންތިޖަހާ ކުރެހުމުގައިވާގޮތަށް ކުލަލާންވާނެއެވެ.
  6. ރޫފް ހަރުކުރުމަށް މަތީގަ އަޅާނީ "2/1 ދަގަނޑު ހޮޅިއެވެ(GI Pipe). ހޮޅިތަކުގައި ހުންނާވާނީ ކުރެހުމުގައިވާގޮތަށް ދަވާދުލެވިފައެވެ.  
  7. ގޭޓު ތައްޔާރުކުރާނީ ކުރެހުމުގައިވާ މިންތަކަށެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2022
ހޯދާ