ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާ ނަރުދަމާ ނިޒާމުގެ ހިދުމަތަށްއެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ޝަރުތުހަމާ ފޯމްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ފެނާ ނަރުދަމާ ނިޒާމުގެ ހިދުމަތަށްއެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ޝަރުތުހަމާ ފޯމްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

މިރަށުގައި ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ޝަރުތުހަމާ ފޯމްތަކުގެ ގޮތުގައިކަނޑާއަޅާފައިވާ ފޯމްތައް ވަނީ އާއްމުކުރައްވާފައެވެ. ޝަރުތު ހަމަވާ ފޯމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާނީ ޤާނޫނު ނަންބަރ 96/4 (އާއްމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ޤާނޫނު)ގެ 3ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޤާނޫނުގެ 10ވަނަ މާއްދާއިން މިނިސްޓްރީ އޮފް ނެޝަނަލް ޕެލޭނިންގ ހައުސިންގް އެންޑް އިންފްރަސްޓްރަކްޗަރއަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދާފައިވާ ޤަވައިދުގެ 6 އަދި 7ވަނަ މާއްދާގެ މަތިންނެވެ.

 ފެނާއި، ނަރުދަމާގެ ހިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި ކައުންސިލުން ވަނީ 8 ޖޫން 2022 ން 22 ޖޫން 2022ގެ ނިޔަލަށް ހުޅުވާލާފައެވެ

ވީމާ، މި ލިސްޓްއާގުޅޭގޮތުން ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިމުއްދަތުގައި ކައުންސިލް އިދާރާއަށް ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                    8 ޒުލްޤައިދާ 1443

                   8 ޖޫން 2022

 

 

 

08 ޖޫން 2022
ހޯދާ