މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް މަރާމާތު ކުރުމާއިގުޅޭ

އިޢްލާން

މިސްކިތް މަރާމާތު ކުރުމާއިގުޅޭ

                  މިކައުންސިލުންދޭ މަޢުލުމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މިރަށު މަސްޖިދުލް އިއްތިޙާދުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6540046 އަށް ގުޅުއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

08 ޖޫން 2022
ހޯދާ