މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ (އެމް.އީ.އޭ) އިން އެކުލަވާލާފައިވާ ކަރަންޓުގެ ޚިދުމަތްތަކާ ބެހޭ ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދުމާ ބެހޭ

މި އޮތޯރިޓީގެ ނަންބަރު IUL)151/1/2014/8) އިޢުލާނާ ގުޅިގެން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުންކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ކޮންސަލްޓެންޓެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީ (އެމް.އީ.އޭ.) އިން އެކުލަވާލާފައިވާ ކަރަންޓުގެ ޚިދުމަތްތަކާ ބެހޭ ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އަންނަނިވި މަސައްކަތްތައް ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ.

  1. ކަރަންޓުގެ ޚިދުމަތްތަކާ ބެހޭ އެމް.އީ.އޭ. ގެ ގަވާއިދުތަކާއި މިންގަނޑުތައް މުރާޖަޢާ ކުރުމާއި، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ގަވާއިދުތައް ބައްޓަންކުރުމާ ބެހޭގޮތުން އެމް.އީ.އޭ. އަށް ލަފާދިނުން؛
  2. އެ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެމް.އީ.އޭ. އަށް ލަފާދިނުމާއި އެހީތެރިވުން؛
  3. އެ ގަވާއިދުތަކާއި މިންގަނޑުތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ހިންގުމުގައި އެމް.އީ.އޭ. އަށް ލަފާދިނުމާއި އެހީތެރިވުން؛
  4. އެމް.އީ.އޭ. ގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް މުރާޖަޢާކޮށް، އެމް.އީ.އޭ. އިން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން އެމް.އީ.އޭ. އަށް ލަފާދިނުން؛
  5. އެމް.އީ.އޭ. އިން ތައްޔާރު ކޮށްފައިވާ ޓެރިފް މެތޮޑޮލޮޖީތައް ރިވިއުކޮށް ޓެސްޓުކުރުމުގެ މަސައްކަތުގައި އެމް.އީ.އޭ. އަށް ލަފާދީ އެހީތެރިވުން.

މި މަޤާމަށް ބޭނުންވަނީ އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރޒް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މި ދާއިރާގެ ހިންގުމުގެ މަޤާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ، ހަފްތާއަކު މަދުވެގެން 20 ގަޑިއިރު އިސްވެ ދެންނެވިފައިވާ މަސައްކަތްތަކުގައި ވަގުތު ހޭދަކުރެއްވޭނެ ފަރާތެކެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ދިވެހިރާއްޖޭގެ އިލެކްޓްރިސިޓީ ސެކްޓަރ ރެގިއުލޭޓްކުރުމާ ބެހޭ މަސައްކަތްތަކަށާއި ކަމާބެހޭ ޤާނޫނީ ކަންކަމަށް އެމީހަކު އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުމުގެ ދަޢުވަތު މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ހުޅުވާލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރައްވާއިރު އަންނަނިވި ޑޮކިއުމަންޓުތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓު ކޮށްފައި)

މުސާރަ: ހުރިހާ އިނާޔަތެއް ހިމެނޭ ގޮތަށް، މުސާރައިގެ ގޮތުގައި ދަށްވެގެން މަހަކު -/15,000 ރުފިޔާ (ނެގޯޝިއަބަލް)

މުއްދަތު: 6 މަސްދުވަސް  

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އޮތޯރިޓީގެ ވެބްސައިޓް www.mea.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ ލިޔުމަކުން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

މާފަންނު، އަމީނީމަގު

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3004216

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014
ހޯދާ