ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި މި ކައުންސިލާ ގުޅިގެން ކޯސްހިންގުން

   a

 

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                           ނަންބަރ:   (IUL)370-ESMS SC/370/2022/15

އިޢުލާން

 

 

 

 

                މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި މި ކައުންސިލާ ގުޅިގެން ތިރީގައި ބަޔާންކުރާ ކޯސްތައް 2022 ޖުލައި 20 ވަނަ ދުވަހުން ފެށިގެން މިރަށުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

 

#

ކޯހުގެ ނަން

މުއްދަތު

އަގު

1

ނިޔަމި ކޯސް ލެވަލް 2

4 ދުވަސް

-/2000

2

ފަޅުވެރި ކޯސް

2 ދުވަސް

-/1500

3

މެރިން މެކޭނިކް

2 ދުވަސް

-/2000

 

 

 

                ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކޮށް ފައިސާ ދެއްކުމަށް ދަންނަވަމެވެ. ނަންނޯޓް ކުރި ނަމަވެސް ޖާގަ ކަށަވަރުވާނީ ފައިސާ ދެއްކުމުކަން ފާހަގަކުރަމެވެ.  އަދި މަތީގައި ބަޔާންކޮށްފައިވާ ކޮންމެ ކޯހެއްވެސް ކުރިއަށް ގެންދިއުމަށް އެންމެ މަދުވެގެން 30 ބައިވެރިން ބޭނުންވާނެކަމުގައި ދަންނަވަމެވެ.

               ވީމާ، ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ( ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް، އައިޑީކާޑް ނަންބަރު، ބައިވެރިވާން ބޭނުންވާ ކޯސް އަދި ފޯން ނަންބަރު ހިމެނޭހެން ) 7666594 މި ނަންބަރަށް ޓެކްސްޓް މެސެޖަކުން ނުވަތަ ވައިބަރ މެސެޖަކުން ނަންނޯޓް ކުރުން ކުރިއަށް ގެންދެވުން އެދެމެވެ.    

                                    2 ޛުލްޤައިދާ 1443   

                        02 ޖޫން 2022   

                                                         

 

                                                           މޫސާ އަޙުމަދު

                                                         ފ.ފީއަލީ ކައުންސިލްގެ ރައީސް

02 ޖޫން 2022
ހޯދާ