އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސެކިއުރިޓީ ގާރޑް

ސެކިއުރިޓީ ގާރޑް 

ބޭނުންވާ އަދަދު:  02 

މުސާރަ: މުސާރައާއި އިނާޔަތްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން
  • އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދު މީހެއް ކަމުގައިވުން

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެކަނި މަސައްކަތް ކުރެވޭފަދަ މީހެއްކަމުގައިވުން.
  • މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރުގެ ސިއްހަތެއް ލިބިފފައިވާ މީހަކު ކަމުގައިވުން.
  • ގިނަވަގުތުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ގަމުގެ އެންމެހައި ސަރަހައްދާއި އިމާރާއްތަކާއި ވެހިކަލްތަކާއި ގަސްގަހާގެހި އެހެނިހެންވެސް ތަކެއްޗަށް ބަޔަކު ގެއްލުމެއް ދީފާނެކަމަށް ބަލައި ފަރުވާތެރިވެހުރުން.
  • އެއްވެސް މުދަލެއް ވަގަށް ގެންދިއުން ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފާނެކަމަށް ފެނިއްޖެނަމަ އިސްފަރާތްތަކަށް އެންގުން.
  • އެޑްމިން އޮފީހުގެ ދިދަ ނެގުމާ ދިދަ ބޭލުން.
  • ރަށުތެރެ ޕެޓްރޯލް ކުރުން (ޕެޓްރޯލް ކުރަން ހަމަޖެހިފައިވާ އުސޫލުން ގަޑިއަކު އެއްފަހަރު ޕެޓްރޯލް ކުރުމަށްފަހު ޑިއުޓީ ސަރަހައްދަށް އެނބުރި ދިއުން).
  • ބަލަހައްޓާ އިމާރާތާއި ގޯތި ތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން.
  • ތަނުގައި ދިމާވާ މައްސަލަތައް ޤަވާއިދުން ހިނދުން ހިނދަށް، ކަމާބެހޭ ވެރިންނަށް ރިޕޯޓްކުރުން.
  • ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • ޗެކް ޕޯސްޓް ތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގޮތަށް ސެކިއުރިޓީ ބެރިއާރ ހިއްލާތިރިކުރުން).

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެދުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.އަދި ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

02 ޖޫން 2022
ހޯދާ