ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓްގެ ހުސްވެފައިވާ ސެކިއުރިޓީ ގާރޑްގެ މަޤާމަށް މީހަކު ހޯދުމާއި ބެހޭ

މަޤާމު: ސެކިއުރިޓީ ގާރޑް ގރ.1

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: -/3890 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ހަމަޖެހިފައިވާ އުސޫލުގެމަތިން މިނިމަމް ވޭޖް އެލަވަންސް.

- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ޝަރުތު: 

- ގްރޭޑް 10 ފުރިހަމަ ކޮއްފައިވުން (ގްރޭޑް 10 ފުރިހަމަ ކޮށްފައިވާކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ)

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލުކަން ލިބިފައިވާ ފަރާތެއްކަމުގައިވުން.

- އުމުރުން 40 އަހަރަށްވުރެ މަތީ މީހެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ބަނދަރުގެ ގުދަންތަކާއި އިމާރާތްތަކާއި ކީތައް އަދި އިކްއިޕްމެންޓް ތަކަށް ގެއްލުމެއް ލިބިދާނެފަދަ ކަމެއްކުރޭތޯ ނުވަތަ ހިގާފާނެތޯ ބެލުމާއި އެފަދަ ކަމެއް ބަޔަކުކުރާނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމާއި އެކު އިސް ސްޕަވައިޒަރަށް އެންގުން ނުވަތަ ސެކްޝަނަށް އަވަހަށް އެންގުން.

ބަނދަރުގެ ސަރަޙައްދަށް ޤަވާއިދާއި ހިލާފަށް މީހުންނާއި ވެހިކަލް ވަދެ ނުކުމެ ހަދާތޯ ބެލުމާއި އެފަދަ ކަމެއް ކުރާނަމަ އެކަމެއް މަނާކޮށް ކަންކުރަން އޮންނަގޮތް އޮޅުން ފިލުވައިދިނުމާއި ނުކިޔަމަންވާ ފަރާތްތައް ސެކްޝަނަށް އެންގުން.

ސަރަޙައްދު ވަކި ކުރުމަށްޖެހިފައިވާ ފެންސު ބެލެހެއްޓުމާއި ދޭތެރެ ދޭތެރެއިން ފެންސުގެ އެތެރޭންނާއި ބޭރުން ބަލައިފެންސަށް ގެއްލުމެއްދޭން ބަޔަކު މަސައްކަތް ކުރާނަމަ އެކަން މަނާކުރުން.

ބަނދަރު ސަރަޙައްދުގައި އަލިފާނުގެ މަސައްކަތް ކުރެވޭނީ އޮފީހުން ހުއްދަ ލިބިގެންނެވެ. މިފަދަ ކަމެއް ބޯޓެއްގައި ނުވަތަ ސަރަޙައްދުގައި ކުރާނަމަ ފުރަތަމަ ސެކްޝަނާއި ގުޅައި ރަނގަޅަށް މަޢުލޫމާތު އޮޅުންފިލުވައި ހުއްދަނުހޯދާ ކުރާ މަސައްކަތެއް ނަމަ މަނާކުރުމާއި އެކަން އޮންނަ ގޮތް އެބަޔަކަށް އޮޅުން ފިލުވައި ދިނުން.

ސެކިއުރިޓީ އޮފިސަރ ޑިއުޓީ ތާވަލްރާވައި ހަމަޖައްސާގޮތުގެމަތިން ޝިފްޓް އުސޫލުން ޑިއުޓީއަށް ނުކުތުން.

ސުންގަޑި:

12 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން.

އިންޓަރވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 19 ޖޫން 2022 އާއި 23 ޖޫން 2022 އާއި ދެމެދު، ކުޅުދުއްފުށީ ޕޯޓްގައި އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ފޯމް. (އެޕްލިކޭޝަން ފޯމް ކުޅުދުއްފުށީ ޕޯޓުން ލިބިވަޑައިގަންނަވާނެއެވެ)

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރ އަދި އީ.މެއިލް އެޑްރެސް އާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

 

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް، ހދ.ކުޅުދުއްފުށި ނުވަތަ،

 

ޕޯޓްގެ އީ.މެއިލް : [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް : މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލު ކުރެވޭނެއެވެ.

 

 

31 މޭ 2022
ހޯދާ