ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުސަތު

                                     މި ސްކޫލްގެ ތިރީގައި މި މަޤާމުތަކަށް ވަގުތީގޮތުން މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ވަގުތީ)  އެކަޑަމިކް ސެކްޝަން

ބޭނުންވާ އަދަދު

1

މަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތް:

- ދަރިވަރުންނާ ގުޅުންހުރި ލިޔެކިޔުންތައް ޓައިޕްކުރުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން ވެރިން އަންގާ ގޮތެއްގެމަތިން އެންމެހައި މަސައްކަތް ކުރުން.

ބޭނުންވާ މުއްދަތު:

6 މަސް ދުވަސް

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ވަގުތީ)  ބަޖެޓް ސެކްޝަން

ބޭނުންވާ މުއްދަތު:

1 އަހަރު ދުވަސް  

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތް:

- ބަޖެޓް ސެކްޝަނުގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، ސެޕް ސިސްޓަމަށް އެންޓަރކުރުން.

- އާމްދަނީގެގޮތުގައި ލިބޭފައިސާ ދުވަހުފޮތަށް ވައްދައި، ކޮންމެ މަހެއް ނިމުމުން ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން ވެރިން އަންގާ ގޮތެއްގެމަތިން އެންމެހައި މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ އޮފީސް: ޖަމާލުއްދީން ސްކޫލް

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500ރުފިޔާ

ރޭންކް: ޖީއެސް 3 (ޖެނެރަލް ސަރވިސް 3)

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

އިތުރު ޢިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ނޯޓް: މި މަޤާމަށް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ )
  • ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭކަމުގެ ލިޔުމާއެކު، މި ވަޒީފާ އަދާކުރުމާމެދު ވަޒީފާ އަދާކުރާ މުއައްސަސާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިންޓަރވިއުކުރުން

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ، 28 ސެޕްޓެންބަރު 2014 ން 29 ސެޕްޓެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި

ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ޝަރުޠުތަކެއްގެ ދަށުން، ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

- ބަޖެޓް ސެކްޝަނުގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން ( ބަޖެޓް ސެކްޝަނަށް ހަމަޖައްސާ ފަރާތަށް)

ތަކެތި ހުށައަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި ސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު: 3324415 ފޯނާ ގުޅުން އެދެމެވެ.

18 ސެޕްޓެންބަރު 2014
ހޯދާ