ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ ވަށާފާރު ރޭނުން

ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

             މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ވަށާފަރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މިކޯޓަށް ވަޑައިގެން، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ޙާޟިރުވެދެއްވުން އެދެމެވެ.

                    

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

ތާރީޚާއި ގަޑި: 01 ޖޫން 2022 / 13:00

12 ޖޫން 2022 13:00

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު  ( ޤާނޫނު ނަމްބަރ:19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހަޅާ އެސްޓިމޭޓްތައް އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުއްވުންއެދެމެވެ. އަދި އުރައިގެ ބޭރުގައި އަގުހުށަހަޅާ މަސައްކަތާ ، ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ  ބައްދަލުވުމުގައި  އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ  ބައްދަލުވުމުގައި ކޮންމެ  ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް  ވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅުއްވާ  އަންދާސީ ހިސާބާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.                    

                    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 މޭ 2022
ހޯދާ