އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރު

ވަޒީފާގެ ފުރުސަތު

މަޤާމު:

ޑްރައިވަރު

ރޭންކް:

އެސް.އެސް. 2

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން/ޔުނިޓް

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

(މައިގަނޑުމަސައްކަތްތައް)

  1. ކައުންސިލުގެ ވެހިކަލް، ޕިކަޕް ބެލެހެއްޓުމާއި އޮޕަރޭޓްކުރުމާ ގުޅޭ ކަންކަން ކުރުން.

- ޕިކަޕް ދުއްވަންޖެހޭ ހުރިހާ ވަގުތަކު ޤަވާޢިދުން ދުއްވުން. ރަސްމީ ގަޑިނޫން ގަޑިތަކުގައިވެސް ޕިކަޕްގެ ޚިދުމަތަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކަށްވާތީ، އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ހެނދުނު 8:00 ން ފެށިގެން ރޭގަނޑުގެ 9:00 ގެ ކުރިން ކޮންމެ ވަގުތަކުވެސް ކުރަންޖެހިދާނެ ކަމެކެވެ. ނަމަވެސް އެގަޑީގެ ކުރިން ފަށައިގެން ކުރިޔަށްގެންދާ ދަތުރުތައް   10:00 ގެ ކުރިން ނިމޭނަމަ ނިންމަންވާނެއެވެ. އެހެން ގަޑިތަކުގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ސްޕަވައިޒަރ ނުވަތަ ޒިންމާދާރުވެރިޔާ އަންގާނެއެވެ.

- ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލާއި، ފިލްޓަރުތަކާއި، ކިޓްކުރާ ސާމާނާއި، މިނޫނަސް ޕިކަޕަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހޯދުމަށް ސްޕަވައިޒަރަށް ރިޕޯރޓްކުރުން.

- ޕިކަޕްގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ވަގުތުން ސްޕަވައިޒަރަށް ރިޕޯޓްކުރުން.

- ޕިކަޕްގެ ދަތުރެއް ނުކުރާނަމަ، 3 ދުވަހުން އެއްފަހަރު ޕިކަޕްގެ އެތެރެއާއި ބޭރު ސާފުކުރުން.

- މަދުވެގެން ކޮންމެ މަހަކު އެއްފަހަރު (މަސައްކަތުގެ އެންމެ ފަހު ހަފުތާގައި) ޕިކަޕްގެ ކިޓުކުރަންޖެހޭ ބައިތައް ކިޓްކުރުމާއި، ވެކިޔުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި، ތެޔޮލައި ބަލަހައްޓަންޖެހޭ ބައިތަކުގައި، ތެޔޮލައި ބެލެހެއްޓުމާއި، ޕިކަޕް ގަރާޖު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

- ރަށަށް ޒިޔާރަތްކުރައްވާ، ސަރުކާރާއި ދައުލަތުގެ ވަފްދުތަކަށް ޒިންމާދާރު ވެރިޔާ ނުވަތަ ސްޕަވައިޒަރ އަންގާ އުސޫލެއްގެމަތިން ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެހީތެރިކަން ފޮރުކޮށްދިނުމާއި އެއްބާރުލުން ދިނުން.

  1. ބަދަރުމަތީގައި ހުންނަ ބޮޑެތި ކުންޏާއި ދޯނިއެހެލާ ސަރަޙައްދާއި ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ކުނީގެ ބާވަތްތައް ނެގުން. (ބޮޑެތި ކުނީގެ ބާވަތްތައްކަމުގައި ބަލާނީ، ކައުންސިލުން ނައްތާލަން އަންގާ ތަކެއްޗެވެ.)
  2. ހަވާލުކޮށްފައިވާ މަސައްކަތްކޮށް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  3. ކުނި ނައްތާލުމާއި ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުން މަސައްކަތް ކުރާ ނުކުރާގޮތް ބަލައި ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  4. ވަޒީފާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  5. ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ)
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ  %26)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ %48)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ސެޕްޓެންބަރު 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެ.
  • ސިވިލްސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ޗުއްޓީއާއި، މުސާރައިގެ ކުރިއެރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ލިބޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭފަރާތައް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ ކޮޕީ)  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ކޮޕީ
  5. ވަޒީފާއަށްކުރިމަތިލާ ފަރާތުގެ ވަނަވަރު. (ސީވީ) (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެހާއެކު)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާކުރުމަށް ގުޅާނީ 6680056 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680884 އެވެ. އީ- މެއިލްކުރައްވާނީ [email protected] އަށެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ