މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
2023-2022 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2022 -2023 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

2022-2023 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެށްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލަނީ ތިރީގައިވާ ތާވަލް އެއްގޮތަށެވެ.

މަރުހަލާ 

އުމުރުފުރާ

 

އެލް.ކޭ.ޖީ

 

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން .

 

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް،2022 ޖުލައި 31 އަށް 5 އަހަރި ފުރި 6 އަހަރު ނުފުރޭ ދަރިވަރުން.

ގްރޭޑް 1

2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

       

                  

     ވީމާ،2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2022-2023 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2022 މެއި 24 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 މެއި 2022                                                                

 

23 މޭ 2022
ހޯދާ