އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ނަންބަރު: 2013/R-58) ތަންފީޒުކުރުން

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު ނަންބަރު: 2013/R-58 ގެ 13،14 އަދި 16 މި މާއްދާތަކަށް ވަގުތީގޮތުން ޢަމަލުކުރުން މަޑުޖައްސާލާފައި އޮތް މުއްދަތު      5 އޮކްޓޫބަރު 2014 ގެ ނިޔަލަށް ހަމަވާނެއެވެ. މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (ތަންފީޒީ އިދާރާ) ގެ ހުއްދަ ހޯދަންޖެހެއެވެ.

ކުނި އެއްތަނުން އަނެއްތަނަށް އުފުލުމަކީ މަތީގައި ދަންނަވާފައިވާ މާއްދާގެ ދަށުން މި އޭޖެންސީގެ ހުއްދަ ހޯދަންޖެހޭކަމެކެވެ. މާލޭގައި ވިޔަފާރި އުސޫލުން ޕިކަޕާއި ލޮރީތަކުގައި ކުނި އުފުލާ ފަރާތްތަކެއް ޙަރަކާތްތެރިވަމުންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިކަމުގައި އެފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި އުނދަގޫތަކަކީ ކޮބައިތޯ ބަލައި އެފަރާތްތަކާއެކު މަޝްވަރާކޮށްލުމަށް މި އޭޖެންސީން ބޭނުންވެއެވެ. އެގޮތުން އެފަރާތްތަކާއެކު މަޝްވަރާކުރުމަށްޓަކައި 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހު މި އޭޖެންސީގައި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މާލޭގައި ވިޔަފާރި އުސޫލުން ޕިކަޕުގައި ކުނި އުކާލާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޭޖެންސީއަށް ގުޅުއްވައި ނަން ނޯޓުކުރެއްވުން އެދެމެވެ. އަދި، މިކަމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 ން 15:00 އަށް މި އޭޖެންސީގެ 3335949 އަށް ގުޅުއްވުން އެދެމެވެ.

                               19 ޛުލްޤަޢިދާ 1435

14 ސެޕްޓެންބަރު 2014
ހޯދާ