ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ޓީ އެގްޒެކެޓިވް، އީ-ގަވަރމަންޓް ޑެވެލޮޕްމަންޓް

މި އޮފީހުން 08 ސެޕްޓެންބަރު 2014 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ނަންބަރު: (IUL)164/1/2014/106 އިޢުލާންގެ މުއްދަތު18ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް އިތުރުކޮށްފީމެވެ. 

މަގާމު: އައި.ޓީ އެގްޒެކެޓިވް، އީ-ގަވަރމަންޓް ޑެވެލޮޕްމަންޓް

ބޭނުންވާ އަދަދު: 01 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސް ޑިރެކްޓަރސް އެންޑް މެނޭޖަރސް

ރޭންކް: CS13-1

މުސާރަ: މަހަކު -/14,710 ރުފިޔާ

ސަރވިސް އެލަވަންސް: -/2,500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ، ކ.މާލެ

ޑިވިޜަންގެ ނަން: އީ-ގަވަރމަންޓް ޑެވެލޮޕްމަންޓް ޑިވިޜަން

ސެކްޝަންގެ ނަން: -

ފެންވަރު ނުވަތަ ޝަރުޠު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖްރިބާ

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާސާ: ސަރުކާރާއި ދައުލަތުގެ މަވައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އޮންލައިން އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން. އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އެސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ބައްޓަންކޮށް ހިންގުން

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  2. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް"  ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
  • ތަޢުލީމީ ފެންވަރު %30
  • ޕްރޮފެޝަނަލް ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ %30
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %30

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިހާން ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެތަން: މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން ބޭއްވުމަށް ކަނޑައަޅާފައި ވަނީ އިއުލާން ހަމަވާތާ 2 ހަފުތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިހާން ކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާއި ބަހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމު މިއޮފީހުގެ ވެބްސައިޓް www.ncit.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެ)
  6. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014
ހޯދާ