ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު .

އިޢުލާން

މަޤާމު:           މަސައްކަތު

ބޭނުންވާ އަދަދު:   1 (18 އަހަރު ފުރި 55 އަހަރު ނުފުރޭ މީހުން)

ރޭންކް:           އެސް.އެސް 1 (ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން:     ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/އިދާރާ:    ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:       މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާ/މިސްކިތްތަކުގައި

މުސާރަ: މަހަކު 3,100.00 ރުފިޔާ.

ސާރވިސް އެލަވަންސް: މަހަކު 1,000.00 ރުފިޔާ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން،

މަޤާމުގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތަކުގެ ޙުލާޞާ.

1- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތާއި ވަޅުދޮށާއި އިސްކުރުބަރިއާއި ފާޚާނާ ސާފުކުރަންވާނެއެވެ. އަދި ނަމާދުކޮށް ނިމުމުން 15 މިނިޓް މަޑުކޮށް، ކުރަން ހުރި މަސައްކަތްކުރުން.

2- މިސްކިތް ފޮޅައި ސާފުކޮށް، ވަޅުދިޔަހިއްކައި، މިސްކިތާއިބެހޭ ހުރިހާ ކަމެއްކުރުމާއި (ވަޅުދިޔަހިއްކާނީ މަހަކު އެއްފަހަރު ނުވަތަ ހަޑިވުމުން) ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން.

3- ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހައި،  ވިނަނޮޅައި، ކުނި  އުކައިލުމުގެ  މަސައްކަތްކުރުމާއި،  މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން (މިސާލަކަށް، ފެންއިސްކުރު ބަދަލުކުރުމާއި، ފަންކާއާއި ބޮތްކާއި، ހޮޅިބުރި އެނދުމުން ބަދަލުކުރުމާއި،  މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ  އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދައި ކުލަލައި ހެދުންފަދަ ކުދިކުދި މަރާމާތުތައްކުރުން)           

4- އިމާމު/މުދިމު އަންގާ ގޮތެއްގެމަތިން،  ބިއްލޫރިލެވިފައިވާ ތަންތަނާއި، ހޮޅިބުރިއާއި ފަންކާއާއި ކަބަޑުތައް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި،  ހޮޅިބުރިތަކާއި، އޮފީހުން ހަމަޖައްސާ އުސޫލަކުން، ފަންކާތައް ދިއްލައި ނިއްވުން.       

5- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމަށާއި، ރަށު ކައުންސިލް އިދާރާއަށް  އަންގަމުން ގެންދިއުމާއި، ރަށު ކައުންސިލް އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                    

6- ހިރަފުސް ދުވަސްވަރެއްގައި، އިދާރާއިން އަންގައިފި ހިނދެއްގައި، ގޯތިތެރެއަށް ފެންޖެހުން.              

7- މަރުވާމީހުންގެ ޖަނާޒާގެ ކަންކަމުގައި ކައުންސިލް އިދާރާއިން އަންގައިފިހިނދެއްގައި ބައިވެރިވުން. 

8. ކައުންސިލް އިދާރާގައި އޮންނަ ހާޒިރީއާއި، މިސްކިތުގައި އޮންނަ ނަމާދު ހާޒިރީގައި ޤަވާއިދުން ސޮއިކުރުން.

9. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، މިސްކިތާއި ޖަމާތްތެރިކަމާއި ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ބަރާބަރަށް ކުރުން.                                                          

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. ތައުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް.  (މި ބައިތަކުން އެންމެމަތިން މާކްސްހޯދާ ފަރާތް)

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

 އިންޓަވިޔު އޮންނާނީ،  2014 ސެޕްޓެންބަރު  24 ން ފެށިގެން  ސަރުކާރުގެ  ރަސްމީ 5 ދުވަހުގެ   މުއްދަތަށް ކުޑަހުވަދޫ މަލްޕާޕަސް ބިލްޑިންގުގައެވެ. (އެދޭ ފަރާތްތަކުން މި މުއްދަތުގައި މި ރަށުގައި

 ހުންނަންވާނެއެވެ.)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 2014 ސެޕްޓެންބަރު 21 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސަރުކާރު ބަންދުދުވަހުގައި މަސައްކަތްކޮށްފިނަމަ،  ހަމަޖެހިފައިވާ  އުސޫލުން  ބަންދުދުވަހުގެ ފައިސާއާއި، އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުން ފޯމް ލިބޭނެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) އިން  ޑައުންލޯޑްކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ، މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި،  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް އެމީހަކު ހާޒިރުވާއިރު އެ ލިޔުންތަކުގެ އަސްލު ގެނެސް، ލިއުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚުޖަހައިގެންނެވެ. އިންޓަރވިއުއަށް ހާޒިރުވާއިރު ހުށައެޅި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ  6760522 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760667 އެވެ. އީ މެއިލްކުރާނީ [email protected] އަށެވެ.

          14 ޛުލްޤަޢިދާ 1435

09 ސެޕްޓެންބަރު 2014
ހޯދާ