މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގުރާމުގެ ދަށުން، ރާއްޖޭގެ އަތޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ އިސްލާމިކް ފެސިލިޓީ ހޯދުމަށް ހުށަހަޅުއްވާފައިވާ ފޯމުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން މީހުން ހޯދަން ބޭނުންވެއެވެ.

މުއްދަތު

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު

މުސާރަ

ބޭނުންވާ އަދަދު

01 މަސް ދުވަހަށް

(ކޮންމެ މަހަކުން ކޮންޓްރެކްޓް އާކުރެވޭނެ)

ހަފުތާއަކު 5 ދުވަހު 7 ގަޑިއިރު

ދުވާލަކު -/250 ރުފިޔާ

04

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  2. ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004340، 3004341  އަށް ގުޅުއްވުން އެދެމެވެ.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ބޭއްވޭނެ މުއްދަތު:

ސެޕްޓެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް: http://www.housing.gov.mv/v1/file-download/ ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ). 

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ