އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ (ދާއިމީ)

 ދާއިމީ ވޮޗަރެއްގެ މަޤާމަށް މީހަކު ހޯދުމަށް މި ކޯޓުން ކުރި ނަންބަރު:I6C/2014/05   (ސެޕްޓެންބަރު 9، 2014) އިޢްލާނު ގެޒެޓުގައި ޝާއިޢުކުރެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢްލާނުކުރަމެވެ.

މަޤާމު: ވޮޗަރ (ދާއިމީ)                            ރޭންކް: އެސް. އެސް 1

މަސައްކަތް ކުރަންޖެހޭތަން: އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓް                   އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މަޤާމަށް ލިބޭ އެލަވަންސް:     

  1. ސަރވިސް އެލަވަންސް -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
  2. ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސް  ލިބޭނެ.
  3. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.

މަޤާމުގެ މަސްޢޫލިއްޔަތު:  ކޯޓުގެ ޢިމާރާތާއި، ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި: 

1- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ)

4- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ސުންގަޑި: 2014 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން.

އިތުރުމަޢުލޫމާތު: މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް:www.judiciary.gov.mv  ން ލިބެން ހުންނާނެއެވެ.

11 ސެޕްޓެންބަރު 2014
ހޯދާ