އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫ ފުޓްބޯޅަދަނޑުގެ ވަށައިފާރުރާނާ ފެންސް ޖެހުން

އއ.ތޮއްޑޫ ފުޓްބޯޅަދަނޑުގެ ވަށައިފާރުރާނާ ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)339-ESMS/339/2022/68، މައުލޫމާތު

ބަދަލުވުގެ ސަބަބުން އެ އިޢުލާން ބާތިލް ކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2022 މެއި 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން

މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި

މިއިދާރާގެ [email protected] މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ

ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ،

2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ. މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖޫން 07 ވާ އަންގާރަ ދުވަހުގެ 13:00 ގައި

ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި "އއ. ތޮއްޑޫ ފުޓްބޯޅަދަނޑުގެ ވަށައިފާރުރާނާ ފެންސް ޖެހުން"

މިހެންލިޔެފައިއޮންނަންވާނެއެވެ.

މި ބީލަމާގުޅޭ ގުޅުއްވާނީ 6660537 / 9636345 މިނަންބަރު ފޯނަށެވެ. 

 

 

 

 

 

 

16 މޭ 2022
ހޯދާ