އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ބޭނުންކުރަމުންދިޔަ ލާންޗު އަނދައިގެން ދިޔައިރު ހަލްގަނޑުގެ ނާނދާ އޮތްބައި ނީލަން ކިޔުމުގެ އަގަށް ބަދަލު ގެނެސް އަލުން އިޢުލާންކުރުމާއިބެހޭ

އިޢުލާން

ނީލަންކިޔުމާއިބެހޭ

މިއިދާރާއިން 13 މާރިޗު 2022 ގައި ކުރި ނަންބަރު: (IUL)234-A/234/2022/10 އިޢުލާނުގައިވާ އަގަށް ބަދަލުގެނެސް އަލުން އިޢުލާން ކުރަމެވެ.

            މި އިދާރާގައި ބޭނުން ކުރަމުންދިޔަ ލާންޗު (ޓްވަރިން36) އަނދައިގެން ދިޔައިރު ހަލްގަނޑުގެ ނާނދާ އޮތްބައި ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ -/5,000ރ. (ފަސް ހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭނެ އެންމެ ކުޑައަގަކީ -/1,000ރ. (އެއްހާސް ރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ، ލާންޗުގެ ހަލްގަނޑު ގަތުމަށް ބޭނުންވާ އަގުހުށަހަޅާނީ NL.04 ފޯމް ފުރިހަމަކޮށް ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާގެ ކައުންޓަރަށް ނުވަތަ، މި އިދާރާގެ [email protected] މެއިލްއެޑްރެހަށް މެއިލްކޮށްގެންނެވެ. އަގުހުށަހަޅާ ފޯމް،މިއިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.

            ކޮންމެ ދުވަހަކު 12:30 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކްޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

            ހަލްގަނޑުގެ އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު: 6680507 އަށް ގުޅުންއެދެމެވެ.ނީލަމުން

ހަލްގަނޑު ލިބޭ ފަރާތުން މި އިދާރާއަށް ފައިސާ ދެއްކުމުން ހަލްގަނޑު އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ. ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލްކުރެވޭނެއެވެ.

ހަލްގަނޑުގެ މަޢުލޫމާތު

  • ބާވަތް:              ވައްލަ ލާންޗުގެ (ޓްވަރިން36) ގެ ހަލްގަނޑުގެނާނދާއޮތްބައި
  • ރަޖިސްޓަރީ ނަންބަރު:     G8512A
  • ގަލްފް ކްރާފްޓް         10.970 meter

            ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

12 މޭ 2022
ހޯދާ