މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމަށް ކަނޑައަޅާފައިވާ ބިމުގައި ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު:24/2014 (27 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00އަށް މިކޯޓަށް ނުވަތަ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00އަށް މިކޯޓަށް ނުވަތަ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

10 ސެޕްޓެންބަރު 2014
ހޯދާ