ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޓެސްޓް ޕޭޕަރުތައް ގެނެސް އަދި ގެންގޮސްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު މަހު ބޭއްވޭ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ މި ސްކޫލުގެ ދަރިވަރުން ހަދާ ޓެސްޓް ޕޭޕަރުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ގެނެސް އަދި ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު: JS-B/2014/60 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދެއްގެ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ