ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފުކުރުމަށް މުވައްޒަފަކު ބޭނުންވެއްޖެ

މުވައްޒަފުން ބޭނުންވެއްޖެ

       މިކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު (އިޖްތިމާއީ ސަރަހައްދު ސާފުކުރުން)

އަދަދު: 1 

މުއްދަތު:  31 ޑިސެމްބަރ 2022 ގެ ނިޔަލަށް ( ވަޒީފާ ހަމަޖައްސާ ދުވަހުން ފެށިގެން)

މުސާރަ: މަހަކު 2100.00 ރުފިޔާ

ޝަރުތު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގޭ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްޙަތު ރަގަނޅު ހީވާގި މީހަކު ކަމުގައިވުން.

ކުރަންޖެހޭ މަސައްކަތް: ކައުންސިލުން އަންގާ ގޮތެއްގެ މަތީން އިޖްތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

އިންޓަރވިއު: މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 މެއި 2022 ން 31 މެއި 2022 އާ ދެމެދު ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ.

       ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މެއި 2022 ވާ ބުދަ ދުވަހު 13:30 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

10 މޭ 2022
ހޯދާ