އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި އަމިއްލަ ފަރާތްތަކުން އިންދާ ހައްދާފައިވާ ރުއްގަސް ނެގުމާއި ގުޅޭ.

ރަށުގެ އެކިއެކި ސަރަޙައްދު ތަކުގައިއާއި މަގުތަކުގައި، އެކިއެކި ފަރާތްތަކުން ވަނީ، ކައުންސިލް އިދާރައިގެ ހުއްދައެއްނެތި، ގިނަ ޢަދަދެއްގެ ރުއްގަސް އިންދާ ހައްދާފައެވެ. އަދި މިހާރުވެސް ގެންދަނީ ރުއްގަސް އިންދާ ހައްދަމުންނެވެ.

އެނގިލައްވާނެފަދައިން މަގުތަކަކީ ހިނގާމީހުންނަށާއި ދުއްވާ ތަކެއްޗަށް ރައްކާތެރި ތަނަކަށްވުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމެކެވެ. ހަމައެހެންމެ މިރަށުގެ މަގުތަކަކީ ނިސްބަތުން ހަނި މަގުތަކަކަށްވާއިރު، މަގުގެ ދެ ފަރާތުގައި ރުއްގަސް އިންދާ ހެއްދުމުން ދުއްވާ ތަކެއްޗަށް އެކަމުގެ އުނދަގޫވަމުންދެއެވެ. އަދި ޢިމާރާތްތަކަށާއި ބިނާތަކަށް ބޮޑެތި ގެއްލުންތައްވަމުން ދާކަންވެސްވަނީ ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން، މިހާރު މިރަށުގައި ވަޅުލާފައިވާ ފެންހޮޅި ލައިނަށާއި، ނަރުދަމާ ހޮޅި ލައިނަށް ގެންލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ގޯތިން ބޭރުގައި އަމިއްލަ ފަރާތްތަކުން، ކައުންސިލް އިދާރައިގެ ހުއްދައެއް ނެތި ރުއްގަސް ނުއިންދުމަށާއި، ކައުންސިލްގެ ހުއްދައެއްނެތި ގޯތިންބޭރުގައި، އިންދާ ހައްދާފައިވާ ރުއްގަސް ނެގުމަށް، އެކިއެކި ފަހަރުމަތިން، އިޢުލާނުކޮށްގެންނާއި އަޑުގަދަކުރާއިން ވަނީ އާއްމުކޮށް އެންގިފައެވެ. މީގެ އިތުރުން، 14 ޖެނުއަރީ 2019 ގައި ގެޒެޓްކޮށްފައިވާ މި އިދާރައިގެ ގަވާއިދު ނަންބަރު: 2019/R-6 (އާއްމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައިބަލާނެ ތަކެތީގެ ތެރޭގައިވެސް މަގުތަކާއި ރަށުގެ އެކިއެކި ސަރަޙައްދު ތަކުގައި މި އިދާރައިގެ ހުއްދަ ނެތި އިންދާ ހައްދާފައިވާ ރުއްގަސްތައް ހިމެނެއެވެ. އަދި މިގޮތަށްހުރި ތަކެތި، 20 ޖޫން 2019 އިން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ނެގުމަށް މުއްދަތެއްދީ، 07 ޖުލައި 2019 ގައިވާނީ އިޢުލާނުކޮށްފައެވެ.

މީހުންއުޅޭ ރައްރަށުގެ ރުއްގަހާބެހޭ ޤާނޫނު، " ޤާނޫނު ނަންބަރު: 98/21" ގެ 2 ވަނަ މާއްދާގައިވާގޮތުން، ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކި ފަރާތްތަކާއި ޙަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ ރަށުކައުންސިލްގެ ނުވަތަ ސިޓީކައުންސިލުން ހުއްދަ ހޯދުމަށްފަހު، ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

 

ވީމާ، މި އިދާރައިގެ ހުއްދަނެތި (މަގުތަށްވެސް ހިމެނޭގޮތަށް) ގޯތިން ބޭރުގައި އެކިއެކި ފަރާތްތަކުން އިންދާ ހައްދާފައިވާ ރުއްގަސް 2022 މެއި 22 ވަނަ ދުވަހުގެ ނިޔަލަށް ނަގާ ތަން ސާފުކުރުމަށް އަންގަމެވެ. މި މުއްދަތު ހަމަވާއިރު ނުނަގާހުރި ރުއްގަސްތައް، ފިޔަވަހިތަކަކަށް ބަހާލައިގެން ނެގުމުގެ މަސައްކަތް މި އިދާރައިގެ ފަރާތުން ކުރިޔަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.

މިގޮތުން ފުރަތަމަ ފިޔަވަހީގައި ނެގުމަށް ގަސްދުކޮށްފައިވަނީ، މި އިދާރައިގެ ހުއްދަނެތި ފުޓްބޯޅަ ދަނޑުގެ ވަށައިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ތެރެއިން މުއްދަތު ހަމަވާއިރު ނުނަގާހުރި ރުއްގަހެވެ. އެއަށްފަހު އެކިއެކި ތަންތަނުގައި މި އިދާރައިގެ ހުއްދަނެތި އިންދާ ހައްދާފައިވާ ރުއްގަހުގެ ތެރެއިން މުއްދަތު ހަމަވިއިރު ނުނަގާހުރި ރުއްގަސް، ކައުންސިލް އިދާރާއިން، އިސްކަންދޭ ތަރުތީބަކުން ނަގަމުން ގެންދާނެ ވާހަކަ އެންމެހާ ފަރާތްތަކަށް އަންގާ އިޢުލާނު ކުރަމެވެ. މިގޮތުން ނަގާ ރުއްގަހަށް ކައުންސިލް އިދާރައިގެ ފަރާތުން އެއްވެސް ބަދަލެއް ނުލިބޭނެވާހަކަ ދަންނަވަމެވެ.

10 މޭ 2022
ހޯދާ