އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

މަޤާމު:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތްކުރާ ގަޑިއިރަކަށް 100.00 ރުފިޔާއެވެ. ކޮންމެ މީލާދީ މަހަކު، މުސާރައާއި އެންމެހައި އިނާޔަތްތައް ހިމެނޭގޮތަށް، ގިނަވަގެން 25000.00 ރުފިޔާއެވެ.

އެހެނިހެން އެލަވަންސް:

  1. ރަމަޟާން އެލަވަންސްގެ ގޮތުގައި ކޮންމެ ރަމަޟާން މަހަކު 3000.00 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1.1 ޕްރޮޖެކްޓުގެ ފައިނޭންސިންގް އެގްރީމެންޓާ، ޕްރޮޖެކްޓް އެޕްރައިސަލް ލިޔުންތަކާއި، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޕްލޭނާ، ފައިނޭންޝިއަލް މެނޭޖްމަންޓް މެނުއަލްއާ، ޕްރޮކިއުމަންޓް މެނުއަލް އަދި އެންވާރަމެންޓަލް އާއި ސޯޝަލް މޭނެޖްމަންޓް ފްރޭމްވޯކާއި އެއްގޮތަށް ޕްރޮޖްކްޓް ލަނޑުދަޑިތައް އެންމެ ފުރިހަމައަށް ހާސިލްވާނެގޮތަށް ޕްރޮޖެކްޓުގެ އޮޕަރޭޝަނަލް މެނޭޖްމަންޓް މަސައްކަތްތައް ގެންދިއުން.

1.2 މަޝްރޫޢުގެ ޓައިމްލައިން، ވޯކް ޝެޑިއުލް، ރިސޯސް މެނޭޖްމަންޓް އަދި ބަޖެޓް އަދާހަމަކޮށް ބެލެހެއްޓުން

1.3 މަޝްރޫޢުއަށް ހިނގާ ޚަރަދުގެ ތަފްސީލު ލިޔެ ބެލެހެއްޓުމުގައި ފައިނޭންސް ޔުނިޓަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ އެ މައުލޫމާތުތައް ރިކޯޑްކޮށް ބެލެހެއްޓުން.

1.4 ކޮމްޕޮނެންޓް ކޯޑިނޭޓަރުންނާއި ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ޕްރޮޖެކްޓްގެ އެންމެހާ ކަންކަން ފަސޭހައިން ކުރިއަށްގެންދެވޭނެގޮތަށް ޕްރޮޖެކްޓުގެ އެންމެހާ މަސައްކަތްތައް ރޭވުން.

1.5 މަޝްރޫޢުއާ ގުޅިގެން މިނިސްޓްރީއަށް ފޮނުވަންޖެހޭ ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމަށްފަހު ކައުންސިލާއި ހިއްސާކުރުން

1.6 ޕްރޮޖެކްޓު ހިންގުމުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް މައްސަލަތަށް ކައުންސިލްގެ އިސްވެރިންގެ އެހީތެރިކަމާއިއެކު ހައްލުކުރުން.

1.7 ޕްރޮޖެކްޓު ހިންގާ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓު ޕްލޭން ކުރުމާއި، ހިންގުމާއި، ޕްރޮޖެކްޓް އަދާހަމަ ރިޕޯޓްކުރުމާއި އަދި ދިވެހިރާއްޖޭގެ ސަރުކާރުގެ އިތުރުން ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަންއާއި ގުޅުންހުރި ފަރާތްތައް (ކޮންޓްރެކްޓަރުން، ސަޕްލަޔަރުން) ޕީ.އެމް.ޔޫގެ މުވައްޒަފުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ޕްރޮޖެކްޓް މެނޭޖަރ ގެ ޒިންމާއެކެވެ.

1.8 ޕްރޮޖެކްޓުގެ އެންމެހާ ކަންކަން ކުރިއަށްދާ ގޮތުގެ އަދާހަމަ ޤަވާއިދުން ހިއްސާކުރެވޭނެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން އަދި ނޮލެޖް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުން.

1.9 މަޝްރޫޢުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އައުޓްސޯސްކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ޤާނޫނާ ޤަވައިދާ އެއްގޮތަށް އެކަމުގެ

1.10 އިންތިޒާމުތަކާއި ލިޔެކިޔުންތައް ފުރިހަމަ ކުރުން.

1.11 މަޝްރޫޢު ހިންގުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ދިނުން.   

1.12 މަޝްރޫޢު ހިންގުމުގައި ކުރަންޖެހޭ ދަތުރު ފަތުރުގެ އިންތިޒާމުތައް ހަމަޖައްސާ، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހައި މަސައްކަތްތަކެއް ކުރުން

1.13 މަޝްރޫޢުގެ މަސައްކަތްކުރަމުންދާ ޓީމުތައް/ އައުޓްސޯސްކޮށްފައިވާ ފަރާތްތަކުގެ މަސައްކަތްތައް، ޕްލޭންއާއި އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޕްރޮޖެކްޓުގެ ދަށުން ހިންގާ ހުރިހާ ކަމެއް ބަލައި، ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

1.14 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަށް ކަމާބެހޭ އިދާރާތަކުން ހޯދުމުގެ މަސައްކަތް، ޤާނޫނާއި   ގަވާއިދާއި އެއްގޮތަށް ކުރުން

1.15 މަސައްކަތް ކުރިއަށްދާގޮތް އދ.ދަނގެތީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ކޮންމެ ހަފްތާއަކު އެއްފަހަރު ޙިއްޞާކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބިފައިވުމާއިއެކު، ޢަމަލީ މައިދާނުގައި 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަތީގައި ބަޔާން ކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅުންހުރި މަސައްކަތްތައް އިންތިޒާމުކޮށް ރާވާ ހިންގުމުގައި ނުވަތަ އެ ކަންކަމުގައި ޢަމަލީ ގޮތުން މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެކިޔުމުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          ސިވިލް އިންޖިނިއަރިންގ

-          އާރކިޓެކްޗަރަލް ޑިޒައިން

-          ޕްރޮޖެކްޓް މެނޭޖްމަންޓް

-          އިންޓީރިއަރ އެންޑް އެކްސްޓީރިއަރ ޑިޒައިން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-          ސިވިލް އިންޖިނިއަރިންގ

-          އާރކިޓެކްޗަރަލް ޑިޒައިން

-          ޕްރޮޖެކްޓް މެނޭޖްމަންޓް

-          އިންޓީރިއަރ އެންޑް އެކްސްޓީރިއަރ ޑިޒައިން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މެއި 18 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ދަނގެތީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް : [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2022 މެއި 22 އާއި 31 އާ ދެމެދު، ދަނގެތީ ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680888 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިވަޒީފާއަށް މީހަކުނެގުމުގައި ޢަމަލުކުރާނީ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 މޭ 2022
ހޯދާ