ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް އިނާމު ހޯދުން

2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް އިނާމު ހޯދުން

 މި ސްކޫލުގެ ނަންބަރު: JS-B/2022/34 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެފައިވަނީ އެންމެ 02 ފަރާތުން ކަމަށްވުމާއި އެކު އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، 2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އެދޭ ފަރާތްތަކުން، 09 މެއި 2022 އިން 15 މެއި 2022 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  15 މެއި 2022 ގެ ނިޔަލަށް ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 16 މެއި 2022 ވާ ހޯމަ ދުވަހު 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި އިނާމު ދިނުމުގެ ޖަލްސާއަށް ސްކޫލުން ބޭނުންވާ ބައެއް ތަކެތީގެ ނަމޫނާ ދައްކާލެވޭނެއެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 19 މެއި 2022 ދުވަހު 11:00 ގައި މި ސްކޫލްގައެވެ. އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތީގެ ތަފްޞީލް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

09 މޭ 2022
ހޯދާ