މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް ޑިޕާރޓްމަންޓުގެ  މި މަޤާމްތަކަށް، މަސައްކަތަށް ޝައުގުވެރިކަންހުރި،  ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް 

1

އެސިސްޓެންޓް ސުޕަވައިޒަރ

5

  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ލިބިފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައިމަސައްކަތްކޮށްފައިވުން.     
  • 4-5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި، ޤާބިލުކަން ހުރުން.  

-/4،400 ރުފިޔާއިން

-/5،690 ރުފިޔާއަށް

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި، މިކަންކަމުގެ ލިޔެކިޔުމާއި  ރިޕޯރޓް ތައްޔާރުކުރުން. އަދި މިކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.

2

އެސިސްޓެންޓް ސައިޓް އޮފިސަރ

23

  • ޖީ.ސީ.އީ އޭ ލެވްލްއާއެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ
  • ޖީ.ސީ.އީ އޯ ލެވްލްއާއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.

-/4،400 ރުފިޔާއިން

-/5،050 ރުފިޔާއަށް

ސައިޓުގެ އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި،  ރިޕޯޓް ތައްޔާރުކުރުން.

3

ޑްރެޖް މެކޭނިކް

3

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ދެ ފަރާތް އެއްބަސްވާ ގޮތެއްގެމަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހައި ކަންތައް ރާވައި، ހިންގައި،  ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެގެން ކުރުން.

 

4

ޑްރެޖް އޮޕަރޭޓަރ

1

  • ޑްރެޖް އޮޕަރޭޓްކުރުމުގެ ތަޖުރިބާ

 

-/4،400 ރުފިޔާއިން

 -/5،370 ރުފިޔާއަށް

އޮޕަރޭޝަނުން އަންގާ ގޮތެއްގެމަތިން ޑްރެޖަރ އޮޕަރޭޓްކުރުމާއި،  ޓްރާސްޕޯޓުގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

5

ޑްރެޖް ކްރޫ

8

  • އަސާސީ ތަޢުލީމުގެ ފެންވަރު
  • ފަތަންދަންނަ، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކުކަމުގައިވުން.

-/3،850 ރުފިޔާ

ޑްރެޖަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރ އަށް ދޭންޖެހޭ އެހީތެރިކަން ދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

6

ޓަގް ބޯޓް ކްރޫ

2

  • އަސާސީ ތަޢުލީމުގެ ފެންވަރު
  • ފަތަންދަންނަ، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި މީހަކުކަމުގައިވުން.

3850.00 ރުފިޔާ

ޓަގް އޮޕަރޭޓްކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި،   އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި، ޓަގު ސާފުކޮށް ބެލެހެއްޓުން.

7

ހޭންޑީ ޕަރސަން

5

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.     
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/3،850 ރުފިޔާ

ސައިޓުން އަންގާ ގޮތެއްގެމަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ،  މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން:  ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/ޢިނާޔަތް: އެޑިއުކޭޝަނަލް/ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެއުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް (މަޤާމްތަކަށް ކަނޑައެޅިފައިވާ)

އެހެނިހެން:  މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

        ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

        ވީމާ، މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 2014 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުން އެދެމެވެ. މި މިތަކެތި ފެކުހުންނާއި  އީމެއިލުންވެސް ގަބޫލުކުރެވޭނެއެވެ. މި ފޯމް، ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން  ޑައުންލޯޑުވެސް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221332

އީމެއިލް: [email protected]

13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014
ހޯދާ