ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
މަލްޓިމީޑިއާ ސްޕެޝަލިޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/12000 ރުފިޔާ

ފެންވަރު/ޝަރުޠު

  1. ޖީ.ސީ.އީ އޯލެވެލްގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  2. އެޑޯބް ފޮޓޯޝޮޕް ބޭނުންކޮށްގެން ގްރެފިކްސް ޑިޒައިންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން
  3. އަދި އެޑޯބް ޕްރިމިއަރ، އެޑޯބް އޯޑިޝަން، އެޑޯބް ފްލޭޝް ނުވަތަ އެޑޯބް ޑިރެކްޓަރ ފަދަ ސޮފްޓްވެއަރ ބޭނުންކޮށްގެން މަލްޓިމީޑިއާ ތައްޔާރު ކުރުމުގެ ޤާބިލިއްޔަތުކަން ހުރުން
  4. ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޒިންމާދާރު ގޮތެއްގައި ކުރަން އެނގުން.
  5. ރަނގަޅު ގޮތުގައި މީހުންނާ މުޢާމަލާތްކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.  

މީގެ އިތުރުން މާޔާ ނުވަތަ 03 ސްޓޫޑިއޯ ފަދަ ސޮފްޓްވެއަރ ބޭނުންކޮށްގެން ތްރީޑީ މޮޑެލިންގ ތައްޔާރުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށާއި އަދި އެނިމޭޝަން ތައްޔާރުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މައިގަނޑު މަސައްކަތްތައް

އެން.ސީ.އައި.ޓީ އިން ތައްޔާރުކުރާ ވީޑިއޯ، އޯޑިއޯ އަދި މަލްޓިމީޑީއާ ތައްޔާރު ކުރުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

 

ހުށަހަޅަންޖެހޭ ތާރީޚު:  މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

 

‏27 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ