އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމަށް ޕޮއިންޓް ދިނުމުގެ އުސޫލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމާއި ގުޅޭ،

އއ. ތޮއްޑޫ އިން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލި ކޮމިޓީގެ ފަރާތުން މަޝްވަރާކުރެވި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ޕޮއިންޓް ދިނުމުގެ އުސޫލަށް ހިޔާލު ހޯދުމަށް އާންމުކޮށް ޢިއުލާން ކުރަމެވެ.

ވީމާ، މިހާރު ތައްޔާރުކުރެވިފައިވާ އުސޫލަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 22 މޭ 2022 ވާ އާދިއްތަ ދުވަހުގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޭޕްރިލް 2022
ހޯދާ