ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެވީވެހިކަލްތަކާއި ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ވިލުފުއްޓަށް ގެނައުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި،  މަސައްކަތްކުރާނެ ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ތ.ވިލުފުއްޓަށް ގެނައުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާއި ގުޅިގެން  ހުށަހެޅި ގިނަ ބިޑްތަކުގައި މައްސަލަ ހުރުމާއި ޑޮކިއުމަންޓްސް  ފުރިހަމަކޮށް ބިޑް ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ،  ބިޑު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން މި އިދާރާގެ ޢިއުލާން ނަންބަރު: (IUL)383/383/2022/28 ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://forms.gle/8aH9tik2YphhaDKS7 މި ލިންކު މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް އެދި 2022 މޭ 03  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކޮށް ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު 2022 މޭ 08 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މުޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.



ތާރީޚް

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

 24 އޭޕްރިލް 2022 އިން 03 މޭ 2022 ގެ 13:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް

08 މޭ 2022 ގެ 13:00 ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

08 މޭ 2022 ގެ 13:00 ގެ ކުރިން

ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި އެކު މަސައްކަތްކުރާނެ ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ތ.ވިލުފުއްޓަށް ގެނައުމުގެ މަޢުލޫމާތު ޝީޓް، މި އިޢުލާނާއި އެޓޭޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

24 އޭޕްރިލް 2022
ހޯދާ