މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުމަށް

މިމިނިސްޓްރީގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ޑްރާފްޓް ކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެގެން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)459-D/459/2014/1000)ފ(22 ޖުލައި 2014) އިޢުލާނުގައިވާ ޕޮއިންޓް ދޭ މިންގަނޑަށް ބަދަލު އައިސްފައިވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން މިކަމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީ (ހުރަވީ ބިލްޑިންގގެ 1ވަނަ ފަންގިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިމިނިސްޓްރީ (ހުރަވީ ބިލްޑިންގގެ 1ވަނަ ފަންގިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

14 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ