ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ށ. ބިލެތްފަހީގެ 2 ޤަބުރުސްތާނުގައި ލައިޓްޖެހުމުގެ މަޝްރޫޢު

ށ. ބިލެތްފަހީގެ 2 (ދޭއް) ޤަބުރުސްތާނުގައި ލައިޓްޖެހުމުގެ މަޝްރޫޢު

            މިއޮތޯރިޓީން ހިންގަމުންގެންދާ ށ. ބިލެތްފަހީގެ 2 (ދޭއް) ޤަބުރުސްތާނުގައި ލައިޓް ޖެހުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL)221-PP/221/2014/39) އާ ގުޅިގެން އެކަށީގެންވާވަރުގެ އަންދާސީހިސާބެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، ށ. ބިލެތްފަހީގެ 2 (ދޭއް) ޤަބުރުސްތާނުގައި ލައިޓް ޖެހުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ