އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

        މިރަށުގައި ޤާއިމް ކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ކަނެކްޝަނަށް އެދި އެޕްލިކޭޝަންފޯމް ހުށައެޅުމުގެ ފުރުސަތު މިހިނގާ އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން 2022  ޖޫން 19 ވަނަ ދުވަހު ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

        ވީމާ މިކައުންސިލުން ދޫކުރާ އެޕްލިކޭޝަން ފޯމް ފުރުމަށްފަހު  މި ކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.  ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލުކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ ޤަވައިދު ނަމްބަރ 2020/R-10 މީހުން ދިރި އުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢްގެ ތެރެއިން ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމާގުޅޭ ޤަވައިދުގެ 13ވަނަ މާއްދާގެ 7ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގިންތި ތަކުގެ މަށްޗަށެވެ.

ތިރީގައި މަދަންނަވަނީ އެގިންތިތަކެވެ.

(ހ) ރަޖިސްޓަރީ ކޮށްފައިވާ މީހުންދިރިއުޅޭ ކޮންމެގެއަކަށް ނުވަތަ ވަކިންރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާރޓް މަންޓަކަށް 1 ކަނެކްޝަން

(ށ) ރަޖިސްޓަރީ ކޮށްފައިވާ ޢާންމު ޚިދުމަތްދޭ ހޮޓާ ކެފޭ،  ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް 1 ކަނެކްޝަން

(ނ) ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ތަކަށާއި ސިނާއީ މަސައްކަތް ކުރާ ކޮންމެ ތަނަކަށް  1 ކަނެކްޝަން

(ރ) ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތް ތަކާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނާއި އިޖްތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 ކަނެކްޝަން                  

(ބ) ޢާންމް ފާޚާނާތައް ސާރވޭ ކުރުމަށްފަހު އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ ޢަދަދަށް 

(ޅ) މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގެ ގެއެއް ޢިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ ޢިމާރާތަކަށް 1 ކަނެކްޝަން                                           

(ކ) ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ 1 ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ހިންގާ ތަންތަން ސާރވޭ ކުރުމަށްފަހު އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ ޢަދަދަށް 

      މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.  

18 އޭޕްރިލް 2022
ހޯދާ