ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ކޮޅުމަޑުލު ވިލުފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2022 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.

ޕޮއިންޓް ދީފައިވާގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ކޮޅުމަޑުލު ވިލުފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ޝަކުވާ ފޯމް ފޮނުވާނީ [email protected] އަށެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަނގަބަހުންނާއި ފޯނުމެދުވެރިކޮށް ހުށަހަޅާ ޝަކުވާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޮޅުމަޑުލު ވިލުފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއި ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާންކުރާ އެންމެހާ ކަންކަން ކަށަވަރުކުރުމަށް ފަހުއެވެ.

14 އޭޕްރިލް 2022
ހޯދާ