ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ތަކުގެ ކޭބަލް ބަދަލުކުރުމާއި ގުޅޭ

ނަންބަރ: 254/254/2022/22(IUL)                              

އިޢުލާން

                          

މަގުބައްތި ތަކުގެ ކޭބަލް ބަދަލުކުރުމާއި ގުޅޭ

 

            މިއިދާރާގެ (IUL)254/254/2022/21 (05 އޭޕްރީލް 2022) ނަމްބަރ އިޢުލާން އަށް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަގުބައްތި ތަކުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ބައްތިތަކުގެ ކޭބަލް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  1. ނޫރުމަންޒިލް ފޮށިން ކުރީގެ ހުކުރުމިސްކިތް މަގުބައްތިއަށް (116 ފޫޓު)
  2. ނޫރުމަންޒިލް ފޮށިން ނޫރާނީގޭ މަގުބައްތިއަށް (105 ފޫޓު)
  3. ހުސްނުހީނާގޭ ފޮށިން ކެލްފޯނިޔާ މަގުބައްތިއަށް (165 ފޫޓު)
  4. ހުސްނުހީނާގޭ ފޮށިން ފިނިއައްސޭރި މަގުބައްތިއަށް (77 ފޫޓު)

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަގު ހުށައެޅުމަށް ދަންނަވަމެވެ. އެސްޓިމޭޓް ހުށައަޅާ ފަރާތްތަކުން ކުންފުނި (ވިޔަފާރި/ ޕާރޓްނާރޝިޕް ) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ރަޖިސްޓްރީގެ ކޮޕީ ހުށައެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި ހާޒިރުވާނަމަ، ސިޓީއާއި ބަދަލްގައި ހާޒިރުވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީ ހުށަހެޅުން އެދެމެވެ.

14 އޭޕްރިލް 2022
ހޯދާ