މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބުރިކޮށްފައިހުރި ކޭބަލް ތަކެއް، ބުރިކޮށްފައި ހުރި ދަގަނޑު ތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް

ތިރީގައި މިދަންނަވާ ތަކެތީގެ ނީލަން 07 ސެޕްޓެންބަރު 2014 ވަނަ ދުވަހު ސިޓީލާ ނީލަމުގައި ފެށޭނެ ވާހަކަަ ދަންނަވަމެވެ.

ބާވަތް

ތަކެތި ހުރިތަން

ނީލަން ފެށޭ އަގު

އިތުރުކުރެވޭ އަގު މަދުވެގެން

ބުރިކޮށްފައިހުރި ކޭބަލްތަކެއް، ބުރިކޮށްފައި ހުރި ދަގަނޑުތަކެއް   

ސްޓެލްކޯގެ ގޯތިތެރޭގައި

75,000.00

5,000.00

ވީމާ، މި ތަކެތީގެ ނީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ތަކެއްޗަށް އަގު ހުށަހަޅުއްވައި، އެމް.ޓީ.ސީ.ސީ ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓަށް ސިޓީ ފޮނުއްވުން އެދެމެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން މިޑިޕާޓްމަންޓުގެ ނޯޓިސްބޯޑުން ފެނިވަޑައިގަންނަވަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484  3001476 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 07 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014
ހޯދާ