ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފޯލްޑަރ ޗާޕުކުރުން

މިފެކަލްޓީގެ ބޭނުމަށް ފޯލްޑަރތަކެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިފެކަލްޓީގެ ނަންބަރު: FE/2014/16ފ(01 ސެޕްޓެންބަރު 2014) ގެ އިޢުލާން ބާޠިލުކޮށް، މިފެކަލްޓީގެ ބޭނުމަށް ފޯލްޑަރތަކެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ 10:30 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ސެޕްޓެންބަރު 2014ވާ ބުދަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ