ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވާރކްޝޮޕް ހިންގަވައި ދެއްވާނެ ފަރާތެއް ހޯދުން

މިފެކަލްޓީގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް "ރިސަރޗް މެތަޑްސް" ގެ ވާރކްޝޮޕް/ ސެޝަންތަކެއް 1 މަސްދުވަހުގެ މުއްދަތަށް (15 ސެޕްޓެންބަރު 2014 އިން 15 އޮކްޓޫބަރު 2014) ހިންގަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިފެކަލްޓީގެ ނަންބަރު: FE/2014/15ފ(31 އޮގަސްޓު 2014) ގެ އިޢުލާން ބާޠިލުކޮށް، މިފެކަލްޓީގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް "ރިސަރޗް މެތަޑްސް" ގެ ވާރކްޝޮޕް/ ސެޝަންތަކެއް 1 މަސްދުވަހުގެ މުއްދަތަށް (15 ސެޕްޓެންބަރު 2014 އިން 15 އޮކްޓޫބަރު 2014) ހިންގަވައި ދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ 10:00 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ސެޕްޓެންބަރު 2014ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ