އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ތޮއްޑޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 06 އޭޕްރިލް 2022 11:06 ގައި ބާތިލް ކުރެވިފައެވެ.


             މި ކައުންސިލް އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް އއ.ތޮއްޑޫގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރުގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2022 އޭޕްރިލް 12 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވުމަށް ދަންނަވަމެވެ.  މި ބީލަމުގައި ރަޖިސްޓަރީވުމަށް މި އިދާރާއަށް ހާޒިރުވެ ނުވަތަ ރަސްމީގަޑި ތަކުގައި 6660537 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މި އިދާރާގެ ރިސެޕްޝަނުން ފޯރުކޮށްދެވޭނެއެވެ.

             މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 2022 އޭޕްރިލް 13 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. އަދި  ބިޑް ހުށަހެށުމާއި، ބިޑްހުޅުވުން އޮންނާނީ 2022 އޭޕްރިލް 17 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 އޭޕްރިލް 2022
ހޯދާ