ބ. ކިހާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ކޯރުކޮނެ ކޭބަލް ވަޅުލާދޭނެ ފަރާތެއް ހޯދުމަށް

   ނަންބަރ: (IUL)F6-HC/2022/03

 

އިޢުލާނު

ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަން އެއްވިއުގައަކުން ގުޅާލުން

 

                  ބ. ކިހާދޫ ސިއްހީމަރުކަޒުގެ ނަންބަރ (ILU)F06-HC/2021/01 ( 04 އޭޕްރީލް 2021 ) އިއުލާނު ބާތިލްކޮށް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ބ.ކިހާދޫ ކައުންސިލްގެ އިދާރާއިން ފެށިގެން ބ.ކިހާދޫ ސިއްހީ މަރުކަޒަށް ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ކޯރުކޮނެ ކޭބަލް ވަޅުލައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސީޓީއަކުން ހުށައަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

                  މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ސަރުކާރު ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6600050 ފޯނަށް ގުޅުއްވުން އެދެމެވެ.

                  05 އޭޕްރީލް 2022

 

05 އޭޕްރިލް 2022
ހޯދާ