މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:

ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރު:

J-222722

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2 އިން އީ.އެކްސް 6 އަށް

މަޤާމުގެ ކްލެސިފިކޭޝަން:

ޓީއެސްއޯ 3 އިން ޓީ.އެސްއޯ 11 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަދްރަސަތުލް އިފްތިތާޙް، ޅ.ނައިފަރު

މުސާރަ:

6295.00 އާއި 15560.00 ދެމެދު

ސަރވިސް އެލަވަންސް:

2500.00

ޓެނުއަރޝިޕް އެލަވަންސް:

2000.00

އިތުރު ޢިނާޔަތްތައް : 

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މަޤާމާއި ގުޅިގެން ލިބޭ ފޯން އެލަވަންސް.

6- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ 28% ލިބޭނެ، ( ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިންގ އަކީ ސްކޫލް މެނޭޖްމެންޓް ) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2


ރޭންކް

 

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS 2

 900.00ރުފިޔާ

EX 1

1100.00ރުފިޔާ

EX 4

1300.00ރުފިޔާ

MS 3

 900.00ރުފިޔާ

EX 2

1100.00ރުފިޔާ

EX 5

1500.00ރުފިޔާ

MS 4

 900.00ރުފިޔާ

EX 3

1300.00ރުފިޔާ

EX 6

1500.00ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1 ޙަވާލުކުރެވޭ ދަންފަޅީގައި ސްކޫލްގެ ކިޔަވައިދިނުމާއިގުޅޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ސްކޫލްގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލްގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  4. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
  5. ޙަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް ޢަވާޢިދުން ހަފްތާއަކު އެއްފަހަރު ރިވިއު މީޓިންގތައް ބޭއްވުން.
  6. އައު މަންހަޖު ތަންފީޒުވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުން.
  7. ދަރިވަރުންނަށް ޙާޞިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއު ކުރުން.
  8. ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައި ދިނުމުގެ ގޮތުން ބައްދަލުވުންތައްރާވައި ހިންގުން.
  9. ލީޑިންގ ޓީޗަރުންނާއި އެހެނިހެން އިދާރީ މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ޤަވާޢިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.
  10. ސެޝަނުގެ އެސެމްބްލީ ކޯޑިނޭޓް ކުރުން.
  11. ސްކޫލްގެ ކިޔަވައިދިނުމުގެ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ބެލުމުގައި މިނިސްޓްރީން ހައްދަވާފައިވާ މީމިސްގެ ތެރެއިން ސްކޫލާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަވޭތޯ ބަލައި މީމިސްއާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  12. ސެޝަން މީޓިންގތައް ބޭއްވުން.
  13. ސެޝަންގެ ހުރިހާ ކްލަބްތަކެއް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުން.
  14. ސްކޫލްގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ޙާޟިރުވެ، ސްކޫލް ތަމްސީލު ކުރުން.
  15. މުޖުތަމަޢާއި ސްކޫލާއި ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތް ކުރުން.
  16. ޕްރިންސިޕަލް ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ސްކޫލް ހިންގުމާއި ޙަވާލުވެ ސްކޫލް ހިންގުމުގެ އެންމެހާ ޒިންމާތައް އަދާކުރުން.

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމް

2500.00

6295.00

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ޓީޗިންގ ސަރވިސް

އޮފިސަރ 3

 

MS2

 

ޑެޕިއުޓީ ޕްރިންސިޕަލް

2500.00

7035.00

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ޓީޗިންގ ސަރވިސް

އޮފިސަރ 4

 

MS3

 

ޑެޕިއުޓީ ޕްރިންސިޕަލް

2500.00

7875.00

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ޓީޗިންގ ސަރވިސް

އޮފިސަރ 5

 

MS4

 

ޑެޕިއުޓީ ޕްރިންސިޕަލް

2500.00

8835.00

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ޓީޗިންގ ސަރވިސް

އޮފިސަރ 6

 

EX1

ޑެޕިއުޓީ ޕްރިންސިޕަލް

2500.00

9890.00

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ޓީޗިންގ ސަރވިސް

އޮފިސަރ 7

 

EX2

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 2500

11065.00

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

ޓީޗިންގ ސަރވިސް އޮފިސަރ 8ގެ ޝަރުތު ހަމަވުމާއެކު ސުކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 08

 

EX3

2500.00

 

 

 

 

 

 

 

 

 

 

 

 

2500

 

 

 

 

 

 

 

 

 

 

 

 

 

2500

 

 

 

 

 

 

 

 

 

 

 

 

12400.00

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ފުރިހަމަވެ، ލީޑިންގ ޓީޗަރ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

ޓީޗިންގ ސަރވިސް އޮފިސަރ 9ގެ ޝަރުތު ހަމަވުމާއެކު ސުކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 09

 

EX4

13890.00

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،ލީޑިންގ ޓީޗަރ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

ޓީޗިންގ ސަރވިސް އޮފިސަރ 10ގެ ޝަރުތު ހަމަވުމާއެކު ސުކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 10

 

EX5

15560.00

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، ލީޑިންގ ޓީޗަރ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

ޓީޗިންގ ސަރވިސް އޮފިސަރ 11ގެ ޝަރުތު ހަމަވުމާއެކު ސުކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

.

ޓީޗިންގ ސަރވިސް

އޮފިސަރ 11

 

EX6

ތައުލީމީ ރޮނގުތައް

އެޑިއުކޭޝަން/ ސްކޫލް މެނޭޖްމަންޓް /ސްޕެޝަލައިޒްޑް ސަބްޖެކްޓް/ ޓީޗިންގ

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ޓީޗިންގ ސާވިސަސް/ ސްކޫލް މެނޭޖްމެންޓް

 

ޕްރިފަރޑް ޑިސިޕްލިން

ނެތް

ކޯޑިސިޕްލިން

އެޑިއުކޭޝަން/ ސްކޫލް މެނޭޖްމަންޓް /ސްޕެޝަލައިޒްޑް ސަބްޖެކްޓް/ ޓީޗިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1.  
    1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) 
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާނު އަދި އިންޓަވިއުއަށް ބަލައިގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަދްރަސަތުލް އިފްތިތާޙަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 17 އެޕްރީލް 2022 އާއި 21 އެޕްރީލް 2022 އާ ދެމެދު، މަދްރަސަތުލް އިފްތިތާޙުގައެވެ.

 

އިންޓަވިއުގައި ޕްރެޒެންޓޭޝަން ހުށައަޅުއްވަން ޖެހޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620292 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލްތަކުގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 އޭޕްރިލް 2022
ހޯދާ